މޫސުން ގޯސްވާނެތީ އަނެއްކާވެސް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވިފައި ވަނިކިކޮށް އަނެއްކާވެސް ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ދާދި ދެންމެއަކު ރީނދޫ ސަމާލު ނެރެފައި ވަނީ އުތުރުގެ އަތޮޅުތަކަށެވެ. މި ސަމާލު ނެރެފައިވާކަން ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާލުވީ، ސަމާލު ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފަށައިގެން ރ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 11:30 އިން ފަށައިގެން މެންދުރުފަހު 14:30 އާއި ހަމައަށެވެ. އެ އިދާރާއިން މިއަދު ހެނދުނު 8:00 އިން ފަށައިގެން 11:00 އާއި ހަމައަށްވެސް މި ސަރަޙައްދުތައް ހިމެނޭހެން، ހއ. އަތޮޅުން ފަށައިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައި ވެއެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް މިއަދު ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ