ޖަނަވާރުން ވެސް ދަނޭ އެސޮރު ގެންގުޅެ ބަލާ ބޮޑުކޮށް ވަރުގަދަ ސޮރަކަށް ހެދި މީހާ - ގާސިމް

ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލާ ބޮޑުކޮށް ވަރުގަދަ ސޮރަކަށް ހެދި މީހާ ދަންނަކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމު ވިދާޅުވެެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގައި އެވެ. ގާސިމްގެ ޓުވީޓްގައި ވަނީ " ޖަނަވާރުން ވެސް ދަނޭ އެސޮރު ގެންގުޅެ ބަލާ ބޮޑުކޮށް ވަރުގަދަ ސޮރަކަށް ހެދި މީހާ. މިސާލަކަށް ކުއްތާ އެސޮރު ބެލެހެއްޓި މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާލާ ނޫންތޯ؟ ރާމާމަކުނު ވެސް ކެޔޮކަމެއް ކޮއްދިން މީހާ ދަނޭ ދެއްތޯ؟ އެކަމަކު.... ގާސިމް" މިގޮތަށެވެ.
ބޭސްފަރުވާ އަކަށް ސިންގަޕޫރަށް ފޮނުވުން ޖަރުމަންވިލާތުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަންވިލާތައް ވަޑައިގެންފައިވާ ގާސިމް މިހެން ވިދާޅުވެފައިވާއިރު ގާސިމް އަށް ވަނީ ބޭސްފަރުވާ އަކަށް ސިންގަޕޫރަށް ފޮނުވުން ޖަރުމަންވިލާތުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަންވިލާތައް ވަޑައިގެންފައެވެ.
ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން އޭނާ ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު މިދިޔަ އަހަރު ނޮވެންބަރު ތިން ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އިތުރަށް މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ކަރެކްޝަނުން އޭގެފަހުން ވަނީ އަންގާފައެވެ.
ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އަދި މާދަމާގެ ދަރިންގެ ކުރިމަގަށްޓަކައި، މިއަދު އެންމެ މުހިންމު ގައުމީ މަސްއޫލިއްޔަތަކީ ދިވެހި ގައުމަށާއި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ނުތަނަވަސް ހާލުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރުތަކަކަށްވެސް ޖާގަލިބޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ