ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކޮރަޕްޝަނަށް ޖާގައެއް ނޯންނާނެ: އުމަރު


 
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކޮރަޕްޝަންއަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އެގުޅުމުގެ ވެރިކަމެއްގައި ކޮރަޕްޝަން ބުޑުން ލުހެލާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ އިސް ފަރާތެއް ކަމުގައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 
 
މިއަދު ޖުމުހޫރީޕާޓީގެ މައި ޖަގަހަ ހުންނަ މާފަންނު ކުނޫޒްގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ދިވެހިރާއްޖެ ދުށް ހުރިހާ ސަރުކާރެއްގައިވެސް އަތްނުލެވޭ ބަޔަކު ކޮރަޕްޝަންގެ އަމަލުތައް ވަރަށް ފާޅުކަމާއެކު ހިންގަމުން ދާކަމަށާއި، ކޮރަޕްޝަންގެ ބޮޑެތި އަމަލުތަށް ހިންގުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހޯދައިގެން އެ މެންބަރުންނަށް އޮންނަ އިމްތިޔާޒުގެ ރައްކާތެރިކަން ހޯދަމުން އަންނަ ސިޔާސީ ފަރާތްތައް މަދެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ