އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކުރި އިއުލާނުގައި ވިދާޅުވެފައި ވަނީ "އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، 31 ޖަނަވަރީ 2018 ގައި މި އޮފީހުގެ 1/2018/4/ޕީ.ޕީ.އޭ-1 ނަންބަރުގެ އިޢުލާނުން ހުޅުވައިލާފައި ވީނަމަވެސް، އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، އަލުން އެ މަޤާމަށް އެދިވަޑައިގަތުމުގެ ފުރުޞަތު މިއަދުން ފެށިގެން 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނު" ކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:00 އިން ހަވީރު 14:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިކެލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލި އިރު އަންނަ ސެޕްޓޭމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާއްވަން އެ ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ