ޑްރަގް ކޯޓުގެ ގާޒީ މަހާޒްގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

ޕްރޮސެކިއުޓަރ ޖެނެރަލާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލަކު ނެތް ހާލަތުގައި، ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ވިދާޅުވި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބަލަން ފަށައިފިއެވެ. މަހާޒްގެ މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
 
ޕްރޮސެކިއުޓާ ޖެނެރަލާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމުން، ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ޤާނޫނީ އުސޫލެއް ނެތްކަމަށާއި، އެފަދަ ކޮންމެ އުސޫލަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އުސޫލެއްކަމަށް މަހާޒްގެ އަމިއްލަ ބްލޮގްގައި ލިޔެފައިވއެވެ. މަހާޒް އޭނާގެ އަމިއްލަ ޚިޔާލު އޭނާގެ ބްލޮގްގައި ފާޅުކުރެއްވީ ޕީޖީއާއި، ޑެޕިއުޓީ ޕީޖީ ނެތް ހާލަތެއް ކުރިމަތިވެއްޖެނަމަ، އެއޮފީހުގައި އެވަގުތަކު ހުންނެވި ޤާނޫނީ އެންމެ އިސް ބޭފުޅަކު، ޕީޖީގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނެ ކަމަށް، ބަންޑާރަ ނައިބުރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވަނިކޮށެވެ.
 
 
ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތްނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދަޢުވާތަކަށް ޖަވާބުދާރީވުމަށް މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ