ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ދޫކޮށްލައިފިއެވެ.
ފާރިސް މިހާރުވަނީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު މާލެ ގެނެސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ދިމާކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސް ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށްފަހު ބަންދުގައި ހުންނަތާ 191 ދުވަސް ފަހުން ފާރިސް ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން، ރިޝްވަތުގެ އެހެން ތުހުމަތު ތަކެއްގައި ފާރިސް އަލުން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފާރިސްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އެދުވަހުވަނީ ޖަހާފައެވެ.
ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރުކުރި 9 މީހުންގެ ތެރޭގައި ފާރިސް ވެސް ހިމެނެއެވެ. އެހެންނަމަވެސް އޭނާ ދޫކޮށްލާފައި މިވަނީ ސުޕްރީމް ކޯޓުގެ އެއަމުރާއި ގުޅިގެން ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ. ސްޕްރީމް ކޯޓުން އެ އަމުރު ނެރެފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ފާރިސް ބަންދުގައި ބަހައްޓަން ނެރުނު އަމުރު ބާތިލުކޮށްފައެވެ.
ފާރިސް މައުމޫނު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ