ހެޔޮ އަގުތަކާއި އެކު އެސްޓީއޯ ރަމަޒާން ބާޒާރު 2018 ފަށައިފި

މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފިއެވެ. އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ހެޔޮ އަގުގައި މުދާ ވިއްކުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ. މިއަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށާފައި ވަނީ ހޯމް އިމްޕްރޫވްމަންޓް ފިހާރައިގައި އައު ޑިސްޕްލޭ އޭރިއާ އަކާއި އެކުއެވެ. މި އޭރިއާ އަކީ އެސްޓީއޯ އަށް ގެނެސްފައިވާ ޓެކްނޯ ބްރޭންޑްގެ ހުޑް، އަވަން އަދި އުނދުނާއި އޮރިއެންޓު ބްރޭންޑުގެ ފަންކާ ފަދަ އާ ބްރޭންޑުތަކަށް ޚާއްސަކޮށްފައިވާ އޭރިއާއެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރަކީ ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.އެސްޓީއޯގެ މާކެޓިންގ މެނޭޖަރ އައިމިނަތު ޝުރުފާ ވިދާޅުވީ އެކި ޕްރޮޑަކްޓްތަކާއި އެކު ހިލޭ ލިބޭ އިނާމުތަކެއް މިފަހަރު ވެސް ހިމަނާފައި ވާނެ ކަމަށް. އަދި ކޮންމެ ހަފްތާއަކަށް އިނާމު ހުށަހަޅާފައި ވާއިރު، މިފަހަރުގެ ވެސް އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވާނީ ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަމަށް ޝުރުފާ ވިދާޅުވިއެވެ. އެސްޓީއޯ ރަމަޒާން ބާޒާރަކީ އެ ކުންފުންޏަށް އެންމެ ބޮޑަށް ފައިދާވާ ދުވަސްވަރުކަން ފާހަގަކުރައްވާ ޝުރުފާ ވިދާޅުވީ، މި ޕްރޮމޯޝަނަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމަށެވެ. އެސްޓީއޯގެ ރަމަޒާން ބާޒާރު ކުރިއަށް ދާނީ މި މަހުގެ 18 އިން މޭ މަހުގެ 31 އާއި ހަމަޔަށެވެ. އަދި މި ޕްރޮމޯޝަންގައި 7 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދު ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯޢިން ބުނެއެވެ.މި ޕްރޮމޯޝަންގައި ގޭގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ