ރައީސް މައުމޫނުގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ގިނިކަންޏާ ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖޭގެ ކުރީގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އިބްރާހީމް ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ގިނިކަންޏާ ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވާކަމަށެވެ.
އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް ވިދާޅުވީ ރައީސް މައުމޫން އަބުދުލްގައްޔޫމަކީ ޤައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ވަރަށް ހިތްވަރާއިއެކު ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.
މެޑަމް ނަސްރީނާ ވިދާޅުވީ ރައީސް މައުމޫނާއި އެހެން ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމުމުން ހިތާމަކުރެއްވި ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނުގެ ހިތްވަރު ބަލިވުން ނޫންކަމުގައެވެ.
މީގެ އިތުރުން, އިސްލާހީ މަސައްކަތަކީ ޤާނޫނީ އިމުގެ ތެރެއިން ހެޔޮ ނިޔަތުގައި ރައީސް މައުމޫނު ފެއްޓެވި މަސައްކަތެއްކަން ފާހަނގަ ކުރައްވާ މެޑަމް ނަސްރީނާ ވިދާޅުވީ ފާރިސް މައުމޫނުވެސް އިސްލާހީ މަސައްކަތް މަޖިލިސް ތެރެއިން ފެއްޓެވީ ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާ ކާމިޔާބު ނުވުމުން ކަމަށެވެ.
ރައީސް މައުމޫން ވަނީ ރާއްޖޭގެ ވެރިކަމުގައި 30 އަހަރުވަންދެން ހޭދަކުރައްވާފައެވެ.
އެކަނި ހުންނަން ޖެހުނަސް އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ