ނ.ހެނބަދޫ ބަނދަރުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭވަރުވާނެ - އެމްޓީސީސީ

ނއަތޮޅު ހެނބަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭވަރުވާނެ ކަމަށް އެމްޓީސީސީ ބުނެފިއެވެ.
ހެނބަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ޕޭމަންޓް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ކޮންކްރީޓް އެޅުމާ، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 60 އިންސައްތަވަނީ ނިމިފައެވެ. މީގެ އިތުރުން ބަނދަރު ހެދުމުގެ މިމަޝްރޫޢުގެ ދަށުން 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހެނބަދޫގެ ބަނދަރުން ހެދުމަށް ސާޅީސް ހަތަރުހާސް ހަސަތޭކަ ފަނަރަ އަކަމީޓަރުގެ ސަރަހައްދެއްވަނީ ފުންކޮށްފައެވެ.
ބަނދަރު ހެދުމުގެ މިމަސައްކަތުގެ ތެރެއިން ދުއިސައްތަ ތިން މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ އެއްހާސް ފަނަރަ 1015 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުންވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 26.6 މިލިއަން ރުފިޔާއަށެވެ. މި ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ