މުޅިރާއްޖެ އަށް ވިއްސާރަ، ހަފްތާ ބަންދަށް މޫސުން އަލިވާނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި މޫދުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފައްޗާއި ހަމާގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވާނެ ކަމަށާއި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހޭނެ ކަމަށެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށްވެސް މެޓުން ބުންޏެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ތިރުަށް ގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ބުންޏެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ