ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްތިއުފާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް، އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހަސަން ވަނީ މަގާމުން އިސްތިއުފާދެއްވިކަން ޔަގީންކޮށްދެއްވާފައެވެ. އަދި މަގާމުން އިސްތިއުފާދެއްވީ އަމިއްލަ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުންކަމަށެވެ.
ހަސަން މަގާމުން ދުރުވެ ވަޑައިގެންނެވިއިރު، ދާދިފަހުން ރައީސް އޮފީހުގެ ޕްރެސް އަދި ކޮމިއުނިކޭޝަންސް ޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމުގައި އެބޭފުޅާ ހުންނެވީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ