ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ހަރަދުކުޑަ އަދި އަވަސް ހިދުމަތެއް ލިބެން ފެށުމުންނެެވެ.
ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި އާބިޓްރޭޝަން ސެންޓަރުގެ ހިދުމަތް ދޭން ފެށީ މިއަދު އެވެ.
Twitter Embeded
ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފިކަމަށާއި، ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެކަމަށެވެ.
މީގެ އިތުރުން، ވަރޗުއަލް ޚިދުމަތްތަކާއެކު އަމިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެކަމަށްވެސް އެ ސެންޓަރުން ވިދާޅުވިއެވެ. އެ ސެންޓަރުގެ ފަރާތުން ވަރޗުއަލް ޚިދުމަތްތައް ތަޢާރަފުކުރުމާއިއެކު މި ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެއެވެ.
އާބިޓްރޭޝަން ނިޒާމުގައި މައްސަލަތައް ބަލާނީ ކޯޓުތަކުގައި ބަލާ މައްސަލަތަކާ ތަފާތުކޮށެވެ. އެގޮތުން ކޯޓުތަކަށް ހުށައަޅާ މައްސަލަތަކުގައި، މައްސަލަ ބަލާނެ ފަނޑިޔާރު ކަނޑައެޅުމުގައި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބައިވެރިވުމެއް ނޯވެއެވެ. ނަމަވެސް އާބިޓްރޭޝަންގައި މައްސަލަ ބަލާނީ މިނިވަން އާބިޓްރޭޓަރުން ކަމުން، އާބިޓްރޭޓަރުންގެ ގޮތުގައި އެ މައްސަލައެއްގައި ކަނޑައަޅާނެ ފަރާތްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށްއޮވެ އެވެ.
އާބިޓްރޭޓަރުންނާއެކު ކޮންމެ ކަމަކަށް ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ