ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އައްޔަން ކުރެއްވީ ގއ. ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޒާލިފާއި ރ. އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާ އެކު ރައީސް ވަނީ އެ ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އެ ދެ ބޭފުޅުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިމިވަނީ އެ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އިދުރީސް އިސްމާއީލާއި ނައިބު ރައީސް ޢަބްދުﷲ ޢަލީ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ