ސްކޫލް ކުދިންނާއި ޒުވާނުންނަށް ގިނަ ޕްރޮގްރާމްތައް އައްޑޫގައި ހިންގާނެ : ޝަވީދު

އައްޑޫ ސިޓީގެ ސްކޫލް ކުދިންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީގެން ފުޓްބޯޅައިގެ ގިނަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޮމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ގާއިމު ކުރި އެފްއޭއެމްގެ އޮފީސް ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވުމަށް ފަހު، ފުޓްބޯޅަ ކުރިއަރުވައި ރަނގަޅު ފެންވަރުގެ ކުޅުންތެރިން އުފެއްދުމަކީ ވަރަށް ބޮޑު އަމާޒެއް ކަން ފާހަގަ ކުރައްވައި ޝަވީދު ވިދާޅުވީ އެގޮތުން އައްޑޫގައި ފުޓްބޯޅައާ ގުޅުން ހުރި ވަރަށް ގިނަ ހަރަކާތްތައް ހިންގައި، ފުޓްބޯޅައިގެ ފޯރި ގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި މީގެ އިތުރުން މުބާރާތްތައް ފަދަ ހަރަކާތްތަަކަކީ ކުރިމަގުގައި އިތުރުވެގެން ދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެފްއޭއެމުން އައްޑޫގައި އިއްޔެ ހުޅުވި އޮފީސް ހިންގެވުން ހަވާލުކޮށްފައި ވަނީ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު ޝަރީފް (ޑުންގާ) އާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ