މުއްދަތު އިތުރުކުރަން ސުޕްރީމް ކޯޓަށް ނުދާނަން - އިލެކްޝަންސް

ސުޕްރީމް ކޯޓުން އިންތިހާބު ބާއްވަން ކަނޑައެޅީ ވެސް އިލެކްޝަންސް ކޮމިޝަނާއި މަޝްވަރާކުރައްވާފައި ނޫން ކަމަށާއި އެހެންކަމުން އިންތިހާބު ބާއްވަން ކަނޑައަޅާފައި އޮތް މުއްދަތު އިތުރު ކުރަން ސުޕްރީމް ކޯޓަށް ނުދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވެސް ދިވެހި ބަސް އެނގިވަޑައިގަންނަވާ ކަމަށާއި ހުކުމުގައިވާ ގޮތަށް އިންތިހާބު ނުބޭއްވޭނަމަ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
މިހާރު ކަނޑައެޅިފައިވާ ވަގުތަށް އިންތިހާބު ބޭއްވުމުގައި ދަތިތަކެއް ކުރިމަތިވަމުންދިޔަ ނަމަވެސް އިންތިހާބު ބާއްވަން މަސައްކަތްކުރަމުންދާއިރު މުއްދަތު އިތުރު ކުރުމަށް ސުޕްރީމް ކޯޓުގެ އިސްތިރާކީ ލަފަޔަކަށް ހުށަނާޅުއްވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދާނަން ސުޕްރީމް ކޯޓަކަށް، އެބޭފުޅުން ތާރީހު ދިނީ ވެސް އަޅުގަނޑުމެންނަކާއި މަޝްވަރާކުރައްވާފައެއް ނޫން." މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި ހުރި ހުރިހާ ކެންޑިޑޭޓުން ވެސް ސޮއިކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ޒިންމާދާރު ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ