ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 1664 މައްސަލައެއް ނިންމާފައިވާކަން އެ ކޯޓުން މިއަދު ހާމަކޮށްފި އެވެ.
2012 ވަނަ އަހަރު 1512 މައްސަލަ ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރު ކޯޓުން ނިންމާފައިވާ ތަފާތު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އެގޮތުން 2012 ވަނަ އަހަރު މަސްތުވާތަކެތީގެ 665 މައްސަލައެއްނިންމައިފައިވާއިރު މިދިޔައަހަރު މަސްތުވާތަކެތީގެ 771 މައްސަލަ ނިންމާފައިވާ ކަމަށެވެ.
އަދި މިދިޔައަހަރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ 5 މައްސަލައެއް ނިންމައިފާއިވާއިރު އެކަކުގެ މައްޗަށް ކުށްސާބިތުވެ އެފަރާތް މަރަން ޙުކުމް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. 2012 ވަނަ އަހަރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ 4 މައްސަލައެއް ނިންމާފައިވެ އެވެ.
މީގެއިތުރުން މިދިޔަ އަހަރު ފޭރުމުގެ 14 މައްސަލައެއް ނިންމާފައިވާއިރު 2012 ވަނަ އަހަރު ނިންމާފައިވަނީ 13 މައްސަލައެކެވެ. ޗެކް ބައުންސްގެ 76 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާއިރު 2012 ވަނަ އަހަރު ނިންމާފައިވަނީ 67 މައްސަލައެކެވެ.
އަދި ވައްކަމުގެ 113 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާއިރު 2012 ވަނަ އަހަރު ނިންމާފައިވަނީ 105 މައްސަލައެކެވެ.
މިދިޔަ އަހަރު 1664 މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ