ތާޖުއްދީން ސްކޫލް ޓަރފް ދަނޑު ހުޅުވައިފި

ތާޖުއްދީން ސްކޫލުން ތަރައްޤީކުރި ޓަރފް ދަނޑު ހުޅުވައިފިއެވެ.
މިކަމަށްޓަކައުި މިރޭ އެ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް އާއި ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު އާއި ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ވެރިން އަދި ބެލެނިވެރިން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ދަރިވަރުންނަށް ދެވޭ ތައުލީމަކީ ހަމައެކަނި ކްލާސް ރޫމް ތެރޭގައި ދެވޭ ތައުލީމް ނޫން ކަމަށާއި ސްކޫލަކީ ދަރިވަރުންގެ ހުރިހައި ކަންކަމުގެ ބެލެނިވެރި ފަރާތް ކަމަށެވެ. އެހެންކަމުން ޓަރފް ދަނޑު ފަދަ ވަސީލަތްތައް ދަރިވަރުންނަށް ވަރަށް މުހިންމު ކަމަށެވެ.
ޓަރފް ދަނޑު އެޅުމަށްޓަކައި ޓަރފް ހަމަޖައްސަވައި ދެއްވި މުޙައްމަދު ތާރިގަށާއި އެމަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޕްރިންސިޕަލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ