ރައީސްގެ ޚާރިޖީ މުޝީރަކަށް ޑރ. ޝަހީދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ހަމަޖައްސަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގަތުމާ ގުޅިގެން ފޮރިން މިނިސްޓަރު ކަމުން ޑރ. ޝަހީދު އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ސްޕޯކްސްޕާސަންއެއްގެ ގޮތުގަ އެވެ.
އިސްތިއުފާ ދެއްވި ދުވަހު ޑރ. ޝަހީދު ވިދާޅުވިގޮތުގައި އޭނާ އަބަދުވެސް ހުންނަވާނީ ރައީސް ނަޝީދުގެ ސަރުކާރާ އެކު އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ