ބަހިއްޔާ ޕްރީ ސްކޫލް އިންޓަރނޭޝަނަލްކޮށް، ފީ ބޮޑުކުރަނީ

ބ. އަތޮޅު އޭދަފުށީގައި ހިންގާ ބަހިއްޔާ ޕްރީ ސްކޫލު އިންޓަރނޭޝަނަލްކޮށް، ފީ ބޮޑުކުރުމަށް ނިންމައިފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ބަހިއްޔާ ޕްރީ ސްކޫލުގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ޕްރީ ސްކޫލުތައް ހިންގުމުގައި ތަރުހީބު ލިބިފައިވާއިގްރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލާ ގުޅިގެން ކަމަށެވެ.
އެ ސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރުވަރުންގެ ތެރެއިން އިންޓަރނޭޝަނަލް ސްކޫލަށް ވަނުމަށްއެދޭ ދަރިވަރުންނަށް އަންނަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާ އިރު، ބަހިއްޔާ ޕްރީ ސްކޫލް އިންޓަރނޭޝަނަލްސްކޫލަކަށް މަހު ފީއެއްގެ ގޮތުގައި ކޮންމެ ދަރިވަރެއްގެ އަތުން ނަގާނީ 500 ރުފިޔާ ކަމަށްވެސް އޭދަފުށި ކައުންސިލުން ބުންޏެވެ.
އިގްރާގެ ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާއި ހިންގަންޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުން ކަމަށާއި އެކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއިކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރުމާއި ކުދިންނަށް ބޭނުންވާފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
އިގްރާކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީސްކޫލްތަކުގައި މިހާރުކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި ކަރިކިއުލަމެކެވެ. އަދި މިއީ އިސްލާމްދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދިސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއިރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާކަރިކިއުލަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ