"ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމްގެ" ދެވަނަ ބުރު ތޮއްޑޫގައި ފަށައިފި

"ހޭންޑްބޯލް އެޓް ސްކޫލް ޕްރޮގްރާމްގެ" ދެވަނަ ބުރު މިއަދު އއ. ތޮއްޑޫގައި ފަށައިފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހިންގަމުން އަންނަ މިޕްރޮގްރާމަކީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ސްކޫލްތަކުގެ ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ޕޮރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ކުޑަ ކުދިންނަށް ހޭންޑްބޯލް ކުޅެން ދަސްކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް ކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.
" ތޮއްޑޫގައި މިޕްރޮގްރާމް ކުރިއަށް މިގެންދަނީ އެރަށު ސުކޫލުގެ ވަރަށް ބޮޑު އެއްބާރުލުމާއެކު. މިޕްރޮގްރާމްގައި ޖުމްލަ 47 ބައިވެރިއަކު ބައިވެރިވިޔަސް، މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ ސެޝަންތަކުގައި ބައިވެރިވަނީ 40 ބައިވެރިން. މިއީ އިންޓަނޭޝަނަލް ފެންވަރެއްގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޕްރޮގްރާމް. މިޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް އައިއެޗްއެފް އިން އެކްރެޑިޓެޑް ކޮށްފައިވާ ސެޓްފިކެޓެއް ލިބިގެންދާނެ. " މުޖޭ ވިދާޅުވި އެވެ.
މީގެ އިތުރުން މުޖޭ ވިދާޅުވީ، ތިން ދުވަހުގެ މުއްދަތައް ތޮއްޑޫގައި ކުރިއަށްގެންދާ މިޕްރޮގްރާމްގައި މާލެއާއި އެހެނިހެން ރަށްރަށުން ބައިވެރިން ބައިވެރިވެފައިވާ އިރު، އެބައިވެރިންގެ ހުރުމާއި ކެއުމުގެ ކަންކަން ވެސް ބަލައިދެމުން އަންނަނީ ތޮއްޑޫ ސްކޫލުން ކަމަށެވެ.
މި ކޯހުގައި ކިޔަވައި ދެއްވާނީ އައިއެޗްއެފްގެ އިންޓަނޭޝަނަލް ކޯސްތައް ހިންގާ ޖަރުމަނުގެ އިންސްޓްރަކްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ