ކ.މާފުށިން ޔާމީން ސަޢީދް              
ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ ދަތުރުގައި ވިހާވެސް ގާތުން ރައްޔިތުން ބައިވެރިކުރުވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ މާފުށީގައި ބޭއްވި އެމްޑީޕީގެ "މާފުށީ ޖަލްސާ"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކާއި ތަރައްގީގައި މިހާތަނަށް ވެސް ރައްޔިތުން ބައިވެރި ކުރުވާފައިި ނުވާ ކަމަށެވެ. ތަރައްގީ ގެންނަނީ ރައްޔިތުންނަށްޓަކައި ކަމަށްވުމުން އެކަމުގައި ރައްޔިތުން ބައިވެރިިކުރުުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތަރައްގީގެ ހައްގު މިންވަރު ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ތަރައްގީގެ ހަމަތައް، ތަރައްގީގެ ވަޑާން މަންޒަރު ކުރަމުން ސިފަ ކުރަމުން މިގެންދަން ޖެހެނީ ވަކި ބާވަތެއްގެ ގޮތަކަށް. ތަރައްގީގެ ކަންކަމުގައި ރައްޔިތުން ހިމެނޭ ގޮތަށް. ރައްޔިތުންނަށްޓަކައި ތަރައްގީގެ މަސައްކަތް ހިންގަނީ. އަބަދުވެސް ބޭނުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ރައްޔިތުންނަށް މިއަދު މިލިބޭ މިންވަރަށްވުރެ ހެޔޮ އެއްޗެއް ހޯދައިދިނުން. ކޮންމެ ދިވެއްސަކީ ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލާ ފަހުރުވެރި ދިވެއްސެކޭ ބުނާ ދިވެހިމީހާ އުފެއްދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ ތަރައްގީ ވަމުން އައި ގޮތުގެ ދިގު ތާރީހުގެ ސަފްހާތަކަށް އަލިއަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ 1965 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ރާއްޖެއަށް ގެނެވުނު ތަރައްގީގައި ދިވެހިން ހިމެނުނު މިންވަރު ނުވަތަ އެމުއްދަތުގައި ލިބިފައިވާ ތަރައްގީގެ ހައްގު މިންވަރު ދިވެހިންނަށް ލިބިފައިނުވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޕާޓީގެ ވެރިކަމުގެ މަދު ދުވަސްވަރުގައި ރާއްޖެއަށް ތަރައްގީ ގެނައުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދީގެން ބަލާފައިވަނީ ތަރައްގީގައި ރައްޔިތުން ލާމެހޭ މިންވަރު އިތުރުކުރުމަށް ކަމަށެވެ. އޭރުގައިވެސް އަދި މިޙާރުވެސް އެޕާޓީގެ އަމާޒަކީ، ތަރައްގީގެ ނާރެހަކީ ރައްޔިތުން ކަމުގައި ހެދުން ކަމަށެވެ.
"ތަރައްގީއެއް ނުލިބޭ ކޮންކްރީޓަކުން. އަޅުގަނޑުމެންނަށް އެކަން އެބަ އެނގޭ. ކިތައްމެ ބޮޑު އިމާރާތެއްވެސް ފެންވަރަށް އެޅިދާނެ. ނަމަވެސް ތަރައްގީއަކީ ތިމަންނާއަށް ވާ ގޮތެއްކަން އަޅުގަނޑުމެންނަށް މާބޮޑަށް ސާފުވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީގައި ރައްޔިތުން ހިމެނުމުގެ މަގުސަދުގައި އެމްޑީޕީން ވާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓު ހައުސްގެ ވިޔަފާރި ހިންގަން ފަށާފައި ކަމަށެވެ. އެގޮތުން މާފުއްޓަކީ އެޕާޓީން އެފަދަ ކަމެއް ކުރުމަށް ހުއްދަ ދިން ފުރަތަމަ ރަށެވެ. މިހާރު އެރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ވަނީ ކުރިއަރައި ގޮސްފައެވެ. މިހާރު އެރަށުގައި 33 ގެސްޓް ހައުސް ހުރި އިރު 600 އަށްވުރެ ގިނަ އެނދު ގެސްޓްހައުސްތަކުގައި އެބަހުއްޓެވެ.
    
    ތަރައްގީގެ ދަތުރުގައި ރައްޔިތުން ބައިވެރިކުރުވަން ޖެހޭ - ރައީސް ނަޝީދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            