ސާކްގެ ގައުމުތަކަށް އެއް ކޭބަލަކުން ކަރަންޓު ދޭން މަޝްވަރާ ކުރަނީ

ސާކުގެ ހުރިހާ ގައުމަކަށް އެއް ކޭބަލަކުން ކަރަންޓްގެ ހިދުމަތް ދިނުމަށް ސާކު ސަމިޓްގައި މަޝްވަރާކުރަން ނިންމައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި އެގައުމުގެ ޕާވާ މިނިސްޓްރީގެ ސްޕެޝަލް ސެކްރެޓަކީ ދެވެންދްރަ ޗައުދަރީ އާ ހަވާލާދީ ވިދާޅުވެފައިވަނީ ކޭބަލުން ކަރަންޓް ދިނުމާ ގުޅޭ ގޮތުން އިންޑިއާއާ އެކު އެހެން ގައުމުތަކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އަދި ޕަވާ ގްރިޑެއް ގާއިމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިމަހު ބާއްވަން ހަމަޖެހިފައިވާ 18 ވަނަ ސާކް ސަމިޓްގައި ޕަވާ ގްރިޑްގައި ބައިވެރިވުމަށް އެއްބަސް ވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން މިގެންދަނީ ޕްވާ ގްރިޑާ ގުޅޭ މަޝްވަރާތައް ކުރަމުން. މި މަހުގެ 26-27 އަށް ކަތަމަންޑޫގައި ބާއްވާ ބައްދަލުވުމުގައި ލީޑަރުންގެ މެދުގައި އެއްބަސްވާނެ،" އޭނާ އާ ހަވާލާދީ އިންޑިއާގެ ޒީ ނިއުސް ވެބްސައިޓުގައި ބުނެފައިވެއެވެ.
އެނޫހުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދިއްލީގައި ބޭއްވި ސާކު ގައުމުތަކުގެ އެނާޖީ މިނިސްޓަރުންގެ ބައްދަލުވުމުގައި ސާކު ޕަވާ ގްރިޑެއް ގާއިމުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ޕަވާ ގްރިޑް ގުޅާލުމުގެ މަޝްރޫއަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ މި ސަރަހައްދުގެ ގައުމުތަކަށް ދިމާވެފައިވާ ކަރަންޓް ޝޯޓޭޖަށް ލުޔެއް އަންނާނެ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
މިފަދަ އެއްބަސްވުމަކާ ބެހޭ ގޮތުން ސާކު ސަމިޓުގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ އިރު އިންޑިއާއިން މިހާރުވެސް ދަނީ އަވަށްޓެރި ބޫޓާން އާއި ބަންގްލަދޭޝްއަށް ކަރަންޓު ފޯރުކޮށްެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ