2012 ވަނަ އަހަރު ގެ މާރޗް މަހުގެ 19 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތުގައި ވީޓީވީގެ އޮން އެއަރ ގެއިން ނިއުސް ކާސްޓަރ އޮން އެއަރ ދޫކޮށް ބިރުން ފިލީ އެސްޓޭޝަނަށް ބަޔަކު މީހުން ދެމުން ގެންދިޔަ ޙަމަލާތަކުގެ ސަބަބުންނެވެ.
ބިރުވެރިކަމުން ފުރިގެންވާ އެޙަމަލާތައް ވީމީޑިޔާގެ ސްޓޭޝަނަށް އަމާޒުވަމުން ދިޔައިރު އެޙަމަލާތަކުގެ ޝިކާރައަކަށް ވަމުން ދިޔަ އެސްޓޭޝަންގެ މުވައްޒަފުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އޮން އެއަރ ބްލެކް އައުޓަކަށް ދިޔައިރުވެސް އަޑު ބަރާބަރަށް ބެލުންތެރިންނަށް ލިބެމުން ދިޔައެވެ. އެ އަޑުތަކުން އަޑުއަހަން ތިބި ބަޔަކަށް އިޙުޞާޞްވަމުން ދިޔައީ ބިރުވެރިކަމާއި ނާމަންކަމެވެ.
އެޙަމަލާތަކުގެ ބިރުވެރިކަން އެތޭރޭގެ ތިބި މީހުންނަށް ސިފަ ކުރެވެން އުދަގޫވިއިރު ސްޓޭޝަންގެ މައި ދޮރުގެ ބިއްލޫރިގަނޑު ދުވާރުމަތިން ގަލެއް ނެގުމަށްފަހު އެގަލުން ޖަހާ ތަލާޅުމަށްފަހު އެތެރެއަށް ދެފުޅި ޕެޓްރޯލްގައި ރޯކޮށްލުމަށްފަހު އެބާގަނޑުން އެތެރެއަށް އެއްލާލި މަންޒަރު ފެނުނު ކޮންމެ މީހަކު ބިރުން ފިތް ކަނޑައިގެން ދާނެއެވެ.
މީގެ އިތުރުން އެސްޓޭޝަންގެ މަތީ ފަންގިފިލާތަކުގެ ބިއްލޫރިތައްވެސް ތަޅާލާ އެބާތަކުން ސްޓޭޝަންގެ އެތެރެއަށް ގާ އުކާ ހެދިއެވެ.
މި ޙާލަތުގައި އޮން އެއަރ ކުރިއަށް ގެންދިޔައިރު ސްޓާފުންނާއި މެނޭޖްމަންޓްވެސް އޮތީ ކުއްލި ސިހުމެއްގައެވެ. އިދިކޮޅު އެމްޑީޕީން މި ހަމަލާ ވީޓީވީއަށް އަމާޒުކުރީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރީގެ ރައީސް ނަޝީދު އިސްތިއުފާދިނުމާއެކު އެ ސްޓޭޝަނުން އެކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާއްމުންނާއި ހަމައަށް ގެނެސްދެމުން ދިއުމާއި ގުޅިގެން އެކަމުގެ ހިތްހަމަނުޖެހުމާއިއެކުއެވެ.
އަދި މީގެ އިތުރުން އެސްޓޭޝަންގެ އަންހެން މުވައްޒަފަކަށް އޭނާ ޑިއުޓީއަށް ދިޔަ ގަޑީގައި މަގުމަތިން ދިމާކޮށް ޖިންސީ ފުރައްސާރަވެސް ކޮށްފައިވެއެވެ.
ކޮންމެއަކަސް މިއަދު ވިލާ ގްރޫޕާއި އެމްޑީޕީއަކީ އެއް މޭޒެއްގެ މަތިން އެއް ތަށިން ކައިގެން އުޅޭ ބަޔަކަށް ވިޔަސް އެމްޑީޕީން ވީޓީވީއަށް އެދުވަހު ދިން ބިރުވެރި ހަދިޔާއަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއްގެ ގޮތުގައި އޭރު އެސްޓޭޝަންގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.
އެހެންކަމުން އެމްޑީޕީން ވީޓީވީއަށް ދިން ބިރުވެރިކަމާއި އަސަރުން ފުރިގެންވާ މި ހަދިޔާ އަށް 7 އަހަރު ފުރިގެންދާއިރު، ވިލާ ގްރޫޕުގެ ޗެއަރމަން ގާސިމް އިބްރާހިމް އެކަން ހަނދާން އެބަ ހުރިބާއެވެ؟ ތިމާގެ ހަތުރުންނާއި މިތުރުން ވަކި ކުރަން ނޭނގިގެން އުޅޭއިރު މިކަންކަން ހަނދާން އެބަހުރިބާ އެވެ؟
އެމްޑީޕީން ވީޓީވީއަށް ދިން ބިރުވެރި ހަދިޔާއަށް 7 އަހަރު، ގާސިމް ހަނދާން އެބަހުރިބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ