3 އަހަރުތެރޭ އެކްސްރޭ މެޝިން ބަހައްޓައިގެން ނުވިކަންތައް 19 ދުވަސްތެރޭ ކްރިމިނަލް ކޯޓުން ނިންމި – އަބްދުﷲ ގާޒީ

3 އަހަރު ދުވަސްތެރޭ މުޅި ހިސާބު ބަންދުކޮށް ޓެންޓް ޖަހާ އެކްސްރޭ މެޝިން ބަހައްޓައިގެން ނުވިކަންތައް އެންމެ 19 ދުވަސްތެރޭ ކްރިމިނަލް ކޯޓުން އިން ނިންމި ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދިޔަ ގޮތައް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ އާޤާނޫނު އަސާސީ އަށް އަމަލުކުރަމުންދާތާ ހައަހަރު ވެފައިވީނަމަވެސް ޤާނޫނާއި ހިލާފަށް ދައުލަތުން މީހުން ހައްޔަރުކުރާ މައްސަލައަށް އަދިވެސް ނިމުމެއް ނާންނަކަމަށެވެ. ޤާނޫނާއި ހިލާފަށް ހައްޔަރުކުރުމުގެ ހަތް މައްސަލައެއް މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ 2012 ވަނަ އަހަރު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާއި 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރަކު ހައްޔަރުކުރި މައްސަލައަކާއި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާއި ބިދޭސީއަކު ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާައި ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާއި ފުލުހުންނާ ދެކޮޅަށް ދެ ދިވެއްސަކު ހުށަހަޅާފަައިވާ މައްސަލައެކެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ 2 މެންބަރުންނާއި ގާޒީ އަކު "ޤާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލައަކީ ރާއްޖޭގެ ތާރީޙްގައި އިބުރަތަކަށް ވާނެ ކަމެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ