މެއި އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން ބަންދުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.
ހައި ކޯޓުން މި އަމުރު ބާތިލް ކޮށްފައި ވަނީ އަލީ ވަހީދުގެ ފަރާތުން އެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.
އަލީ ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަސް އިތުރުކޮށްފައި ވީނަމަަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން އަލީ ވަހީދު ވަނީ ބަންދުން ދޫކޮށްލާފައެވެ. އަލީ ވަހީދު ބަންދުން ދޫކޮށްލީ އޭނާ ދޫކޮށްލުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ޕީޖީ އޮފީހުން ފުލުހުންނަށް އެންގުމުންނެވެ.
މޭޑޭގެ މުޒާހަރާ އާއި ގުޅިގެން އެންމެ ފުރަތަމަ އަލީ ވަހީދުގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. މި އަމުރުވެސް އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ އަމުރަށް ތާއީދު ކޮށްފައެވެ.
އަލީ ވަހީދުގެ ބަންދަށް 7 ދުވަސް ޖެހި އަމުރު ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ