ފޯނު ޗާޖުކުރަން އުޅުމުގެ ތެރޭަގައި ކަރަންޓު ޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެ

ފޯނު ޗާޖުކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހިގެން ސަޢުދީ އަރަބިއްޔާގެ އަންހެން ކުއްޖަކު ވެރިރަށް ރިޔާދުގައި ނިޔާވެއްޖެއެވެ.
"އަހަރެންގެ އަންހެން ދަރިފުޅު ދީނާ، އޭނާގެ ސްމާޓްފޯނު ޗާޖު ކުރުމަށްފަހު ޗާޖަރުން ނައްޓާލަން އުޅެނިކޮށް ކަރަންޓު ޝޮކެއް ޖެހުނީ،" މަރުވި އަންހެން ކުއްޖާގެ ބައްޕަ މުސައްޢިދު ހަވާލާދީ ސަޢުދީ ނޫސްތަކުގައި ލިެފައިވެއެވެ.
"ކަރަންޓަށް ގުޅުމުން ސްމާޓްފޯނާއި ޓެބްލެޓަކީ ޓައިމް ބޮން (ވަގުތު ހަމަވުމުން ގޮވާ ބޮން) ތަކެއް. މި ކަހަލަ އާލާތްތައް ގެންގުޅުމުގައި ކުޑަކުދިން ސަމާލުވުމަށް އަހަރެން އިލްތިމާސް ކުރަން،" މުސައްޢިދު ބުނެފައިވެއެވެ.
މުސައްޢިދު ބުނީ އޭނާގެ ދަރިފުޅު ދީނާ ކުއްލިއަކަށް ބިންމައްޗަށް ވެއްޓި ނިޔާވި ވަގުތު އޭނާ ވެސް ހުރީ އެމީހުންގެ ގޭގައި ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖޭގައިވެސް، ޓެބްލެޓާއި ސްމާޓްފޯނު ބޭނުން ކުރާ ކުޑަކުދިންގެ ނިޞްބަތްދަނީ ގިނަވަމުންނެވެ. ނަމަވެސް ބެލެނިވެރިޔެއްގެ ޣައިރު ހާޒިރުގައި މިފަދަ އާލާތްތައް ކުޑަކުދިން ބޭނުން ނުކުރުމަށް މިއާލާތްތައް އުފައްދާ ކުންފުނިތަކުން ނަސޭހަތްތެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ