ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ޒުވާނުން ބިނާކުރަން އިސްކަންދޭ ލީޑަރެއް ކަމަށް އެޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.
އަހުމަދު ސައުދު މި ފަދައިން ވިދާޅުވީ، ޒުވާނުންތަކެއް ޖޭޕީއާ ގުޅުމަށްޓަކައި ރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ ކުނޫޒުގައި ބޭއްވި ހަފުލާއެއް ނިންމާލުމަށް ފަހު ވީނިއުސްއާ ވާހަކަދައްކަވަމުންނެވެ. ރޭ ޖޭޕީއާ ގުޅުނު މީހުންގެ ފޯމުތަކާ ޖޭޕީގެ ފަރާތުން ހަވާލުވެފައި ވަނީވެސް ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދުއެވެ.
ސައުދު ވިދާޅުވީ ޒުވާނުން ޖޭޕީއާ ގުޅުނީ އަމިއްލައަށް އިސްވެ ކަމަށާއި، ޖޭޕީގެ ބޭފުޅުންނާ ބައްދަލުކޮށް، ކުރިމަގުގައި ޖޭޕީއާއެކު ކުރިއަށް ދާން ބޭނުންވާކަން ހާމަކުރުމަށް ފަހު ކަމަށެވެ. ސައުދު ވިދާޅުވީ ޒުވާނުންނަކީ ޖޭޕީއަށް ވަރަށް މުހިންމު ބައެއް ކަމަށާއި ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލާއި ކުރިމަގާ ގުޅިފައިވާ ބައެއް ކަމަށެވެ.
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ޖޭޕީއަކީ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އަދި ޒުވާނުންނާއި ދުވަސްވީ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ޒުވާނުންގެ އިހުސާސްތައް ދަންނަ ޒުވާނުން ބިނާކުރުމުގައި އެފަދަ ދެވަނައެއް ރާއްޖޭގައި ނުވާ ލީޑަރު ކަމަށް ސައުދި ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެކިދާއިރާތަކުން ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ޒުވާނުން ބާރުވެރިކޮށް އެމީހުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވާ މުޖުތަމައުއަށް ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން، ޒުވާން ޑޮކްޓަރުންނާއި ޕައިލެޓުންނާއި ބިޒްނަސްމަނުން ގާސިމްގެ އަމިއްލަ މާލިއްޔަތުން ޚަރަދަުކުރައްވައިގެން އުފެއްދެވި ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޖޭޕީއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަހި ފުރުސަތުތަކާއެކު ހުޅުވިފައިވާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ވީހާ ތަނުގައި ރާއްޖޭގައި ކޮންމެ ވެރިކަމެއް އޮތް ނަމަވެސް ޖޭޕީ ހިއްސާވާ ކަަމަށެވެ.
ސައުދު ވިދާޅުވީ މީގެ ކުރިން އަދި ރާއްޖޭގައި މިއަދު ވެސް ދިމާވެފައިވާ ކަންކަމުގެ ހައްލަކީ ޤާސިމް އިބްރާޙިމް ކަމަށެވެ.
ޤާސިމަކީ ޒުވާނުން ބިނާކުރަން އިސްކަންދޭ ލީޑަރެއް: އަހުމަދު ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ