ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ސިއްހީ ހާލަތު ދައްވުމުގެ ސަބަބުން އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްފިއެވެ.
އަދި އޭނާ ވިދާޅުވީ ޚަލީލުގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެހެން ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ހުން މަޑުވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަލީލު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާއިރު، ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މެޔަށް އެރި ތަދަކާ ގުޅިގެން އެޑްމިޓް ކޮށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ އާދިއްތަ ދުވަހު އެވެ.
ސިއްހީ ހާލުކޮޅު ދަށްވުމުގެ ސަބަބުން މެމްބަރު ހަލީލް އެޑްމިޓް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ