ގުޅިފައިވާ ޕާޓީ ތަކަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ ދިމިގްރާތީ ބަދަލުތަކެއް ގެނައުމަށް ލިބުނު އުއްމީދީ ފުރުސަތެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ހަތަރު ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމާ ގުޅިގެން ގުޅިފައިވާ ހަތަރު ޕާޓީ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ދިމިގްރާތީ ބަދަލުތަކެއް ގެނައުމަށް ލިބުނު އުއްމީދީ ފުރުސަތެއް ކަމަށެވެ.
ރައީސް މައުމޫން މަރުހަބާގެ ޓްވީޓެއް ކުރައްވާފައިވާއިރު ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތް ކުރައްވާ އެޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށެވެ. އަދި އެމައްސަލަ ފެއިލްކޮށްލާނެ ކަމަށް އޭރު ނިހާން ވިދާޅުވެފައިވެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 45 މެންބަރުންގެ ސޮޔާ އެކު އެވެ. މިލިސްޓްގައި ޕީޕީއެމްގެ 10 މެންބަރުން ސޮއިކުރައްވާފައިވާއިރު މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދުގެ ސޮއި އަކީ އޭނާ ކުރައްވާފައިވާ ސޮއެއް ނޫން ކަމަށް އަހްމަދު ރަޝީދާއި މެންބަރު ނިހާން ގެންދަވަނީ ވިދާޅުވަމުންނެވެ.
ދިމިގްރާތީ ބަދަލުތަކެއް ގެނައުމަށް މިލިބުނީ އުއްމީދީ ފުރުސަތެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ