ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވާ ޔަގީންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު އެކަމަށް ޝުކުރު އަދާކުރައްވާފައިވަނީ، ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި މިއަދު ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލު ކުރުމުގެ ފުރުސަތު ދެއްވިކަމީ ލިބުނު ޝަރަފެއްކަމަށެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓެވުމަށް ރައީސް ސޯލިހު ދެއްވާ ޔަގީންކަމަށްކަމަށްވެސް ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން މަޝްވަރާކުރެވުނު އެންމެހައި ކަންކަމާމެދު އެބޭފުޅުންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަން ވަރަށް އުފަލާއެކު ފާހަގަކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މެދުގައި އެއްވެސް ޚިލާފެއްނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ