ކުނި ނުގެންގޮސް ގިނަ ދުވަސްވީ މޫސުން ގޯސްވުމުގެ ސަބަބުން: ދިގުފަރު ރިސޯޓް

ބ. ކެންދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ބ. ކެޔޮދޫއަށް، ދިގުފަރު އައިލެންޑް ރިސޯޓުން ކުނިއެޅީ މޫސުން ގޯސްވުމުގެ ސަބަބުން ރިސޯޓުން ކުނި ބޭރުނުކުރެވިގެން ކަމަށް ދިގުފަރު އައިލެންޑް ރިސޯޓުން ބުނެފި އެވެ.
ދިގުފަރު އައިލެންޑް ރިސޯޓުން މިހެން ބުނެފައިވަނީ އެރިސޯޓްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.
ދިގުފަރު ރިސޯޓުން ބުނިގޮތުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ ވެމްކޯއިން ގެންދިއުމަށް ތައްޔާރުކޮށްފައިވާ ކުނިތަކެއް ކަމަށެވެ. އަދި އެރަށަށް ގެންދާ ކުނި ކޮންމެ ދެހަފްތާއަކުން ވެމްކޯ މެދުވެރިކޮށް އުކާލާ ކަމަށްވެސް އެ ރިސޯޓުން ބުނެފައިވެ އެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަަބަބުން އެދުވަހު ވެމްކޯއަށް ކުނި ބަލާ ނާދެވުނީ ކަމަށް ރިސޯޓުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަމުންދަނީ މިދިޔަ ހަފްތާ އުކާލުމަށް ތައްޔާރުކޮށްފައިވާ ކުނި ކަމަށްވެސް ރިސޯޓުން ބުނެ އެވެ. އަދި ތިމާވެށި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ރިސޯޓުން މަސައްކަތްކުރާނެ ކަމަށާއި، ކެޔޮދޫއަކީ ކުނި އެޅުމަށާއި މުދާ ބަހައްޓާ ތަނަކަށް ވިޔަނުދޭނެ ކަމުގެ ޔަގީންކަން ވެސް ދިގުފަރު ރިސޯޓުން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ