ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ރައީސް މައުމޫން މިއަދު މެންދުރުފަހު 1:30 އަށް ކޯޓަށް ހާޒިރުކުރީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށް ގާނޫނީ ޓީމުން ބުނެފައިވެ އެވެ.
ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެމަނިކުފާނު ވަނީ އިއްޔެ މެންދުރުފަހު 3:50 ހާއިރު ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ހަތް ގަޑިއިރު ބޭންދުމަށްފަހު ކޯޓުން ވަނީ ޝަރީއަތް ކެންސަލް ކުރެވުނުކަން ރޭގެ ވަގުތެއްގައި ރައީސް މައުމޫނަށް އަންގާފަ އެވެ.
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއި، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމާއި ހެކި ނައްތާލުމުގެ ތުހުމަތެވެ.
ފުލުހުން ބުނީ ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލް މިހާރު ވަނީ ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.
ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ