ދެ އަހަރު ނުވާ ކުދިން މާސްކު އެޅުވުން ނުރައްކާތެރި
ކޮވިޑް-19 އާ ގުޅިގެން މާސްކު އެޅުން އާންމުވެފައިވި ނަމަވެސް އުމުރުން ދެ އަހަރު ނުވާ ތުއްތުކުދިން މާސްކު ބޭނުންކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ޖަޕާނުގެ ޕީޑިއޭޓްރިކް އެސޯސިއޭޝަނުން ބުނެފިއެވެ. ޖަޕާނުގެ ކޮރޯނާވައިރަސް ގައިޑްލައިންއިން ބާރުއަޅަނީ ހުރިހާ އެންމެންވެސް މާސްކް އެޅުމަށެވެ. އެހެންނަމަވެސް ޖަޕާނުގެ ކުޑަކުދީންގެ ޑޮކްޓަރުންގެ ބޮޑީއިން ބުނެފައިވަނީ ތުއްތުކުދިން މާސްކު އަޅުވައިގެން ނުވާނެ ކަމަށެވެ. އެގޮތުން ޑޮކްޓަރުން ބުނެފައިވަނީ މާސްކު އެޅުމުގެ ސަބަބުން ތުއްތުކުދިންނަށް ނޭވާލުމަށް ދަތިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާ ނޭވާ ހާސްވުން އެކަށީގެންވާ ކަމަށެވެ. އަދި ކުއްޖާގެ މޫނުގެ ކުލަ ބަދަލުވި ނަމަވެސް މާސްކުގެ ސަބަބުން ދެނެގަންނަން އުނދަގުވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އުމުރުން ދެ އަހަރުން ދަށުގެ ތުއްތު ކުދީންގެ ނޭވާލުމުގެ އެއާވޭ ހިމަވާނެއެވެ. އެހެންކަމުން މާސްކުގެ ސަބަބުން އެކުދީންނަށް ނޭވާލުމަށް އުނދަގުވެ، ފުއްޕާމޭއަށް އޭގެ އަސަރު ބޮޑުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ޑޮކްޓަރުން ބުނެފައިވަނީ ކުޑަކުދިންނަށް ފަސޭހައިން ހޮޑުލެވޭ ބަޔަކަށްވުމުން މާސްކު އަޅައިގެން ހުއްޓައި ހޮޑުލެވުމުން އެކުދިން ހާސްވެ ނުރައްކާ ކުރިމަތިވުން އެކަށީގެންވާކަމަށެވެ. އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދީންނަކީ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަ ބައެއް ކަމަށްވުމުން އެފަރާތްތައް މާސްކު އެޅުވުން މުހިއްމު ނޫން ކަމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި އިއުލާނުގައި ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއްޔެ އުވާލާފައެވެ. މިދިޔަ އޭޕްރިލް މަހުގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވަނީ ޖަޕާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ތިރިވެފައިވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ