އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: 13 އަހަރުން ދަށުގެ ކުޅުން ފަށައިފި

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2019 ގެ 13 އަހަރުން ދަށުގެ ބައިގެ ކުޅުން މިއަދު ފަށައިފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނީ 3 އުމުރުފުރާއެއްގެ ކުޅުމެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށެވެ.
އެގޮތުން 15 އަހަރުން ދަށުގެ ކުޅުން ނިމިފައިވާއިރު، މީގެކުރިން 18 އަހަރުން ދަށުގެ ކުޅުން ވަނީ ފަށާފައެވެ.
މިއަހަރުގެ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގައި 18 ސްކޫލެއް ވާދަކުރެއެވެ.
13 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު ބައްދަލުކުރީ ދަރުމަވަންތަ ސްކޫލާއި މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. މި މެޗު ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަރުމަވަންތައެވެ.
13 އަހަރުން ދަށުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ. 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މިމެޗު ކާމިޔާބުކުރީ އިސްކަންދަރު ސްކޫލުންނެވެ.
މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ