ރައުދާގެ މަރު ރަނގަޅަށް ތަހުގީގު ކުރުމަށް ބަންގާޅު ކޯޓުން އަމުރު ކޮށްފި

ބަންގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފްގެ މަރުގެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްދިނުމަށް ބަންގްލަދޭޝްގެ ފުލުހުންގެ މައްޗަށް އެގައުމުގެ ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓުން އެގޮތަށް އަމުރުކުރީ ރައުދާގެ މަރުގެ މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުންދަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށް ނިންމާ އެގޮތަށް ކަމަށް ބުނެ ރައުދާގެ ބައްޕަ ޑރ. އާތިފް ބަންގްލަދޭޝްގެ ރާޖް ޝާހީ ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ.
" އަޅުގަނޑު ރައުދާގެ ހަށިގަނޑު ބެލީ ބައްޕަގެ ހައިސިއްޔަތުން ނޫން. އެކަމުގެ އިލްމު އެނގިހުރި މީހެއްގެ ގޮތުގައި. މެޑިކަލް ސްޓޫޑެންޓުންނަށް ފެނުނު ނަމަވެސް އެނގޭނެ އެއީ މީހަކު ކަރުގައި ހިފާފައި ހުރި ނިޝާންތަކެއްކަން. ސްކާފެއް ކަރުގައި އޮޅައިގެން މަރުވާ މީހެއްގެ ކަރުގައި އެފަދަ ނިޝާންތަނެއް ނުހުންނާނެ،" ޑރ. އާތިފް "ސަން ނޫހަށް"އަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ފުލުހުން މިދިޔަ ހަފްތާގައި ރައުދާ އާތިފްގެ ފޯނު ހުޅުވައިގެން ބެލި އިރު، ރައުދާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ޖެހިފައިވާކަން އެނގޭ ފަދަ ކޮންވަޒޭޝަންތަކެއް ފެނިފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް، ރައުދާ އަމިއްލައަށް މަރުވީކަމަށް ދައްކަން ފުލުހުން ވަރަށް ބޮޑަށް އުޅޭކަމަށް ބައްޕަ ޑރ. އާތިފް
ސަން އަށް ވިދާޅުވިއެވެ.
ރައުދާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދާއި ރައުދާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، ސީރަތު ރައުދާއަށް ސްލީޕިންގް ޕިލްސް ދިނުމަށް މަސައްކަތް ކުރިކަން އެނގިފައިވާއިރު، ސީރަތުގެ ފޯނުން ފެނުނު ބައެއް މައުލޫމާތުން ދެމީހުންގެ ދެމެދު މައްސަލަ ޖެހުނުކަން، ވެސް އެނގެން އޮތް ކަމަށް ރައުދާގެ ބައްޕަ ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ ރަނގަޅަށް ބަލައި ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ޑރ. އާތިފްވަނި ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން, އެ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އެއަމުރުނެރެފައެވެ.
ޑ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ