ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އަބްދުﷲ އަމީނާ ހަވާލުކުރައްވައިފި

މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ އިދާރީ ކަންތައްތައް ވަގުތީ ގޮތުން ހިންގުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާ ރައީސް އަބްދުﷲ ޔާމީން ހަވާލުކުރައްވައިފި އެވެ.ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސެވީ ހެލްތް އެންޑް ޖެންޑާ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިވަގުތު ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ އެކަމަނާ އެނބުރި ވަޑައިގަންނަވަންދެން ކަމަށެވެ.ރައީސް އޮފީހުގެ ދެ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ އަމީނަކީ ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ