ވިިޔަފާރިތަކުގެ މާޗު މަހުގެ ކަރަންޓް ބިލްް ޖޫރިމަނާއެއް ނުވާނެ: ފެނަކަ
ވިޔަފާރިތަކުގެ މިދިޔަ މަހުގެ ކަރަންޓް ބިލް، މި މަހުގެ ކުރިން ދައްކައިފި ނަމަ އެއްވެސް ޖޫރިމަނާއެއް ނުވާނެ ކަމަށާއި ކަރަންޓް ވެސް ކަނޑާނުލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.އެ ކުންފުނީގެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ "މާޗް މަހުގެ ކަރަންޓް ބިލާ ގުޅިގެން މި މަހުގެ 30 ގެ ނިިޔަލަށް ބިލް ދައްކާ ކަސްޓަމަރުން ޖޫރިމަނާ ނުވާނެ" ކަމަށެވެ."[އެހެން ނަމަވެސް] މެއި 1، 2015 އިން ފެށިގެން އެހެން ކެޓަރީގެ ކަސްޓަމަރުންނެކޭ އެއްގޮތަށް ބިޒްނަސް ކެޓަގަރީގެ ކަސްޓަމަރުން ވެސް ޖޫރިމަނާވުމާއި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވުމަށް ފަހު ކަރަންޓް ކަނޑާލެވޭނެ ކަމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ." ފެނަކަގެ އިއުލާނުގައިވެ އެވެ.މާޗް މަހުގެ ކަރަންޓް ބިލް ލިބުނު އިރު، ބިލް ބޮޑުވެގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވިޔަފާވެރިން ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް އިހުތިޖު ވެސް ކުރަމުންނެވެ.ވިޔަފާވެރިން ބުނެފައި ވަނީ ކުރިން އެންގުމަކާ ވެސް ނުލައި ކަރަންޓް ބިލް ބޮޑު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ބިލަށް ގެނައި ބަދަލު މާޗްގެ ކުރިން ހުރި ރޭޓަށް ބަދަލުކޮށް ދޭން ވިޔަފާވެރިން ވަނީ ގޮވާލައިފަ އެވެ. އަދި އެގޮތަށް ފެނަކަ އިން އަމަލު ނުކުރާ ނަމަ މާޗް މަހުގެ ބިލް ވެސް ނުދައްކާނެ ކަމަށް ބައެއް ވިޔަފާވެރިން ވަނީ ބުނެފަ އެވެ.މި މައްސަލަ އާ ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުން ފިހާރަތައް ބަންދުކޮށް، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވިޔަފާވެރިން ވަނީ ޕެޓިޝަން ވެސް ހަދަން ފަށައިފަ އެވެ.އެކަމަކު ފެނަކައިން ބުނެފައި ވަނީ މާޗް މަހުގެ ކަރަންޓް ބިލް ބޮޑުވީ ވިޔަފާރިތަކަށް އެންސްޕާ އިން ދެމުނެ ގެންދިޔަ ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. އަދި ފެނަކައިން ކަރަންޓްގެ އަގަށް ބަދަލެއް ގެނައި ނޫން ކަމަށާއި މާޗް މަހު ވިޔަފާވެރިތަކުގެ ބިލްތައް ހެދީ ހަމަ އަގުން ކަމަަށްވާތީ ބިލް ބޮޑުވީ ކަމަށް ބުނެފައިވެ އެވެ.އެކަމަކު ވިޔަފާވެރިން ބުނަނީ އެ މީހުންނަށް ދުވަހަކު ވެސް ސަބްސިޑީއެއް ނުދޭ ކަމަށާއި ފެނަކައިން ކަރަންޓްގެ އަގު ބޮޑު ކުރީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ