ޓްރެފިކް މައްސަލައެއްގައި މެމްބަރު އަމީތު ފުލުހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، މުހައްމަދު އަމީތު އަހްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އަމީތު ހައްޔަރުނުކުރާ ކަމަށާއި ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އަމީތު ފުލުހަށް ހާޒިރުކުރީ، ޓްރެފިކް މައްސަލައެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.
ވެރިކަންކުރާ ޕީޕީއެމްއަށް ނިސްބަތްވާ އަމީތުއަކީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި މީގެކުރިން ހުންނެވި، އަބްދުﷲ އަމީންގެ ކޮއްކޮއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ