ވަހީދު ރާއްޖޭގައި ބާރުތައް ވަރުގަދަކޮށްފި: ދަ ގާޑިއަން

ސުވާލުއުފެދޭ ގޮތަކަށް ވެރިކަން ބަދަލުވެފައިވަނިކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރެއްވި ނައިބު ރައީސަށާއި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށާއި އެއީ އެމަނިކުފާނަށް ރާއްޖޭގައި ބާރު ލިބިވަޑައިގެންފައިވާކަން ދައްކައިދޭ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނެފި އެވެ.
"އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުރުކޮށްފައި ވަނީ ބަޣާވާތަކުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށް، ލިބުނު ވޯޓުން ދައްކައި ދެނީ ރައީސް މުހައްމަދު ވަހީދު ބާރުތައް ވަރުގަދަކޮށްފައިވާ ކަމެވެ"، ދަ ގާޑިއަންގައިވެ އެވެ.
އެ ނޫހުގައި އަދި ވަނީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ހަފުތާތަކެއް ވަންދެން ކުރި މުޒާހަރަތާތަކަށް ފަހު، ފުލުހުންނާއި ސިފައިން ތާއީދުކުރުމުން ކަމަށާއި ވަހީދު ރައީސް ކަމާ ހަވާލުވެވަޑައިގަތީ އެކަމާ ގުޅިގެން ކަމަށެވެ. އަދި ބުނެފައި ވަނީ ރާއްޖޭގައި އޮތް 30 އަހަރުވީ ހުދުމުހުތާރު ވެރިކަން ނިމުމަކަށް އައީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވުމުން ކަމަށާއި އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށެވެ.
ގާނޫނު އަސާސީއާ އެއްގޮތަށް އެންމެ އަވަހަށް ރިޔާސީ އިންތިހާބު ބޭއްވެން އޮތް ތާރީހު ކަމަށްވާ އަންނަ އަހަރުގެ ޖުލައި މަހު އިންތިހާބަކަށް ގޮވާލައްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ