ސީއެސްސީގެ މެމްބަރު ކަަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަވަނީ އިއްޔެއިން ފެށިގެން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 05:00 ގެ ނިޔަލަށް ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް މަޖިލީހުން އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް އެދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އެ ގާނޫނުގައި ބުނެފައިވަނީ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެމްބަރުން، ކޮމިޝަނުގެ މެމްބަރުމަަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެ ކަމަށެެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަަހަރުވެފައިވުމާއި އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލްކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އހަރު ހިދުމަތްކޮށްފައި ވުމުގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އަދި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެ އެެވެ.
އިއުލާނުގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގްރާރް ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންބަރު ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި 24 ވަނަ ދުވަހު 8:30 އިން ހަވީރު 5:00 އަށް ކަމަށެވެ.
ސީއެސްސީން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް މިދިޔަ އަންގާރަ ދުވަހު ވަނީ ދެ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެހެންކަމުން ސީއެސްސީއަށް އަދި އެއް މެމްބަރަކު އައްޔަން ކުރައްވަންޖެހެ އެވެ.
ސީއެސްސީން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރެއްވީ ހ. މެރިންވިއު ޑރ. އަލީ ޝަމީމާއި، ހުޅުމާލެ ފްލެޓް އެކެއް ޖީ ،60 ޒަކަރިއްޔާ ހުސައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ