ކޮލި އަލީ އުމަރު މަނިކު އަވަހާރަވެއްޖެ

ރާއްޖޭގެ ވިޔަފާރިއާއި އިގްތިސޯދީ ދާއިރާއަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޮލި އަލީ އުމަރު މަނިކު އަވަހާރަވެއްޖެ އެވެ.
އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާތާ ދުވަސްކޮޅެއް ފަހުން މިރޭގެ ވަގުތެއްގަ އެވެ.
އަލި މަނިކު ރަސްމީ ގޮތެއްގައި ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 1958 ވަނަ އަހަރު އެވެ. ދިވެހި ސަރުކާރުގެ ތަފާތު އެތައް މަގާމެއްގައި 50 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ސަރުކާރުގެ ވަޒީފާތަކުން ވަކިވެވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިގްތިސޯދީ ދާއިރާއިން ރާއްޖެއިން ބޭރުގައި ދިވެހި ސަރުކާރަށް ގިނަ ދުވަސް ތަކެއް ވަންދެން މުހިއްމު މަސައްކަތްތަކެއް އަލި މަނިކު ވަނީ ކޮށްދެއްވާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޝިޕިން ކުންފުނި، އެމްއެންއެސްއެލްގެ އެންމެ އިސްވެރިއެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކަކު މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައިވެ އެވެ.
އަލި މަނިކު ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ނައިބް ރައީސް ކަންވެސް ދުވަސްކޮޅަކު ކުރައްވާފަ އެވެ.
އަލި މަނިކު މިރޭ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ