ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ބުރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ހުކުމް ކުރުމް މިއަދަށް ތާވަލުކުރުމަށް ފަހު ވަނީ ފަސްކޮށްފައެވެ.
ގާސިމްގެ މައްޗށް އުފުލާފައިވާ ދައުޥާއަކީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާއެވެ.
ގާސިމްގެ ވަކީލު އަހުމަދު ނާޒިމް ވިދާޅުވިގޮތުގައި މިއަދު 11:30 އަށް އެމައްސަލައިގެ ހުކުމް ކުރުން ތާވަލުކުރުމަށްފަހު ނޮވެމްބަރު މަހަށް ވަނީ ފަސްކޮށްފައެވެ.
މިކަމުގެ ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނިގޮތުގައި އެއީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުރުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގާސިމް މައްޗަށް ހުކުމް ކުރުން މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ