ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވުމުގެ ސަބަބުން ހާޒިރީގެ ފުލަށް، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެވަޑައިގެންފި އެވެ.
މިހާރު ކުރިއަށްދާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގެންނެވި ނިސްބަތް އާންމުކޮށް މަޖިލީހުން ނެރުނު ހާޒިރީ ރިޕޯޓުގައި މިފަހަރުވެސް ހާރިޒީ އެންމެ ދަށްކޮށް ފެންނަން ހުރީ މީދޫ ދާއިރާގެ މެންބަރު ސިޔާމްގެ ހާޒިރީ އެވެ. އިއްޔެ އާންމުކޮށްފައިވާ ހާޒިރީ ރިޕޯޓަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި، 2 މާރޗް އިން ފެށިގެން 30 އޭޕްރީލްއަށް ބޭއްވި 23 ޖަލްސާގެ ތެރެއިން ސިޔާމް ހާޒިރުވެވަޑައިގެންނެވީ އެންމެ 4 ޖަލްސާ އަށެވެ. އަދި 19 ދުވަހު ސިޔާމް ވަނީ މަޖިލީހުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާގެ ހާޒިރީގެ ފުލުގައި އުޅުއްވާއިރު ދެން އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންފައި ވަނީ، މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދައިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝާހިދު އެވެ. އެގޮތުން ޝާހިދުވަނީ، 17 ޖަލްސާއަށް ވަޑައިނުގެން ސަލާމުގައި ހުންނަވާފައެވެ. ތިން ވަނައަށް މަޖިލީހުގެ ހާޒިރީގައި ދަށްކޮށް އުޅުއްވަނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެވެ. އަސްލަމްވަނީ 8 ޖަލްސާއަށް ވަޑައި ނުގެން ސަލާމުގައި ހުންނަވާފައެވެ.
މަޖިލީހުގެ އިދާރާއިން އާންމުކުރި ހާޒިރީ ގައި ހުރިހާ ޖަލްސާއަކަށް 38 މެންބަރުން ހާޒިރުވެވަޑައިގެންފައިވާ ކަމަށް ދައްކަ އެވެ.
މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ:-
އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު
މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު
ުއުގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު
އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން
ްފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް
ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު
މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް
ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް
ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
މާފަންނު ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީހު
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް
ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް
ތިނަދޫ އުތުރުދާއިރާގެ ެމންބަރު ސައުދުﷲ ޙިލްމީ
ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން
ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު
ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ
ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ އަބުދުއްރަޙީމް
އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް
ވިލުފުށި ދާއިރާގެ މެންބަ ރިޔާޟް ރަޝީދު
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު
ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ
ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް
މަޖިލީހުގެ ހާޒިރީގެ ފުލަށް މީދޫ ދާއިރާގެ މެންބަރު ސިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ