18 އަހަރު ނުފުރޭ ކުދިންގެެ ކައިވެނި ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދޭގޮތަށް ހަމަޖައްސައިފި

މީލާދީގޮތުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ކާވެނި ކޮށްދިނުމުގެ ކުރިން ޢާއިލާއާބެހޭ ކޯޓުން ސުޕްރީމް ކޯޓަށް ލިޔެ، ހުއްދަ ހޯދުމަށާއި މިގޮތަށް ހުއްދައަށް އެދި ހުށަހޅާއިރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އެސެސްމަންޓް ރިޕޯޓަކާއެކު ހުށަހަޅަންޖެހޭ ގޮތަށް ކައިވެނިކޮށްދިނުމުގެ ޤަވާއިދު ބަދަލުކޮށްފިއެވެ.
ސްޕްެީމް ކޯޓުން ބުނެފައިވަނީ ޙާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނިކުރުމުގެ ހުއްދަ ދެނީ ވެސް ސުޕްރީމް ކޯޓުން ކަމަށެވެ. އަދި ޢާއިލާއާބެހޭ ކޯޓަށް ހުށަހެޅޭ ކައިވެނިތަކުގެ ތެރެއިން، ޙާކިމުގެ ވަލީއަށް ކާވެނިކޮށްދޭން ޖެހޭކަމަށް ފެންނަ ޙާލަތުގައި ޙާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމުގެ ހުއްދަ ދެއްވަނީީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށެވެ.
ރަށު ކޯޓުތަކަށް ހުށަހެޅ ކާވެނިތަކުގެ ތެރެއިން ޙާކިމުގެ ވަލީއަށް، ކައިވެނި ކޮށްދޭންޖެހޭކަމަށް ފެންނަ ޙާލަތުގައި ޙާކިމުގެ ވަލީއަށް ކައިވެނިކޮށްދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެއީ ޙާކިމުގެ ވަލީއަށް ކައިވެނިކޮށްދޭންޖެހޭ ޙާލަތެއްކަމަށް ފެންނަނަމަ، އެކައިވެންޏެއް ޙާކިމުގެ ވަލީއަށް ކުރުމުގެ ހުއްދަ ދެއްވަނީ ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަ ނޑިޔާރު ކަމަށްވެސް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ