މިއަދު އަޅުގަނޑުމެން ކުރާ ކަންކަން ކުރަންވާނީ އަންނަން އޮތް ޖީލުތަކުގެ ހައްގަށް އުނިކަން ނުލިބޭ ގޮތަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން މިފަދަ ޓްވީޓެއް ކުރެއްވީ ކޮން ކަމަކަށް އިޝާރާތް ކުރައްވާ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް މަޖިލީހުން މިފަހަކަށް އައިސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބި ބައެއް ހައްގުތައް ހަނިވާގޮތަށް ބައެއް ގާނޫނުތައް ފާސްކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެެވެ.
މިއަދު ކަންކަން ކުރަންވާނީ އަންނަން އޮތް ޖީލުތަކުގެ ހައްގަށް އުނިކަން ނުލިބޭގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ