އައްޑޫ ކަރަންޓުގެ މަޝްރޫޢު ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީގެ މަރުކަޒީ އިންޖީނުގެ ތަރައްޤީ ކުރުމުގެ މަސައްކަތް  ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެެވެ.ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.މާލޭގެ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި 37.5 މިލިއަން ޑޮލަރުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ  ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަނޭޝަލް ކިޔާ ކުންފުންޏަކާ އެވެ.އައްޑޫގެ ކަރަންޓުގެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ ބިޑަކާއި ނުލައެވެ. އެހެން ނަމަވެސް އެއީ މާލިއްޔަތު ޤާނޫނުގެ ދަށުން ބޭރުގެ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާއިން ހިންގާ މަޝްރޫޢެއް ކަމަށް ވާތީއެވެ. މާލިއްޔަތު ގަވާއިދު ބުނާ ގޮތުން  ބޭރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއެއް ނަމަ ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިގެން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ އާއި އެކު، ބިޑަކަށް ނުގޮސް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިދާނެއެވެ.މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން އައްޑޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި މަޝްރޫއުގެ މަސައްކަތް ލަސްވެގެން ނޮވެމްބަރ މަހު ފެށޭނެ ކަމަށް ސަރުކާޜުން ވަނީ ހާމަކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ