ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ދިން ބިގުގައި ރައީސްގެ ރަސްމީ ފޮޓޯގްރާފަރުގެ ހިއްސާ!

ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ދިން ބިޒްނަސް އިމޭޖް ގުރޫޕުގެ (ބިގް) ގެ ހިއްސާދާރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފޮޓޯގުރާފަރު މުންޝިދު މުހައްމަދު ހިމެނޭކަން ހާމަވެއްޖެއެވެ.ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް ބޮޑު ބަދަލެއް ދެއްވި ކުންފުނިތަކުގެ ތެރޭގައި ބިގް ހިމެނެއެވެ. ބިގް ގެ އަނެއް ހިއްސާދާރަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލެވެ. ހަސަން އިސްމާއިލަކީ މިހާރުގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބޭބޭފުޅޭވެ. އަދި އިސްލާމްދީނާއި ފުށުއަރާގޮތަށް ރިޕޯޓެއް ތައްޔާރުކުރި އެމްޑީއެންގެ ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެވެސް ބޭބޭފުޅޭވެ. މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި މުޝްފިގު މުހައްމަދަކީ ބިގުގެ ހިއްސާދާރު މުންޝިދުގެ ކޮއްކޮކަން ފާހަގަކޮށްލެވެއެވެ.ބަދަލުގެ ގޮތުގައި ބިގަށް ފައިސާ ދިނީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ އާއި ބިގާއި ދެމެދު ވެފައި އޮތް އެއްބަސްވުމަކާއި ދައުލަތުގެ މީޑިއާ (އެމްއެންބީސީ) ހިލާފުވެފައިވާ ކަމަށްބުނެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ބިގަށް އެމްއެންބީސީ އިން ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްވުމުން ޖޫރިމަނާގެ ގޮތުގައި 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.މި ފައިސާ ދިނުމާއި ގުޅިގެން މީގެ ކުރިން އޭސީސީން ވަނީ އެ މައްސަލަ ބަލަންފަށާފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ދިޔަ ހިސާބެއް އޭސީސީން ހާމަކޮށްފައިނުވެއެވެ. ރައީސް ސޯލިހްގެ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވެއެވެ. މި ހުރިހާ ކުންފުނިތަކެއްގައިވެސް އެމްޑީޕީގެ އިސް މީހެއްގެ މަސްލަހަތު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
8 %
އުފާވި
8 %
ދެރަވި
80 %
ރުޅިއައި
5 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޒަކަރިއްޔާ
ރައީސްގެ ރަސްމީ ފޮޓޯގްރާފަރުގެ އަންހެނުންނަކީ އަންނިގެ ލޯޔަރު ސަފާ؟
REPLY
އެދުރު
ވަގުކަމެއް އެބަހުރިތާ މި ސަރުކާރުގަ
REPLY
ކަމަނަ
ތީގަ ހުރިހާވެސް މައްސަލައަކަށްވީ ކުރިން ތިހުރިހާ ކުންފުނިތަކާ ހެދިފައި ހުރި އެއްބަސްވުންތަން އެއްވެސް ތާކުން ތާކުނުޖެހޭގޮތައް އުވާލީމަތާ!!
REPLY
ލޮލް
ވޯޓުދިން މީހުން ތިބޭނެ ރާކަނިމަސް ކެވިފަ.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ