މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވެއްޖެ

މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.
މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ މައި މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވީ، އެ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސާއިފް ފާތިހު ފިޔަވައި އެހެން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ.
އޭގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 10 ދާއިރާއެއްގެ ގޮނޑި ވެސް އެމްޑީޕީއަށް ވަނީ ކާމިޔާބު ވެފައެވެ. އެއީ އޭގެން އެއްވެސް ގޮނޑިޔަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވާ ގޮނޑިތައް:1. ހެންވޭރު އުތުރު ދާއިރާ2. ހެންވޭރު ހުޅަނގު ދާއިރާ3. ގަލޮޅު އުތުރުދާއިރާ4. ގަލޮޅު މެދު ދާއިރާ5. ގަލޮޅު ދެކުނު ދާއިރާ6. މައްޗަންގޮޅި އުތުރު ދާއިރާ7. މައްޗަންގޮޅި މެދު ދާއިރާ8. މައްޗަންގޮޅި ދެކުނު ދާއިރާ9. މާފަންނު މެދު ދާއިރާ10. މާފަންނު އުތުރު ދާއިރާ
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތި ލާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުސައްތާރާއި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ