ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން އެ ކޮމިޝަނުގެ މެމްބަރު އާދަމް މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ސުއޫދު އިސްތިއުފާ ދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. މިހާރު އެ ކޮމިޝަނުގައި ބާކީ ތިއްބަވަނީ 3 މެމްބަރުނެނެވެ. އެއީ މިސްބާހު އައްބާސް، އަހްމަދު ނާޝީދު އަދި ފަރީޝާ އަބްދުﷲ އެވެ. އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ގެންދާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. މަރު ކޮމިޝަނުން މިހާތަނަށް ބަލާފައިވާ މައްސަލަތަކުގެ ތެރެއިން ރިޕޯޓު އާންމުކޮށްފައިވަނީ ޑރ.އަފްރާޝީމް އަދި ރިލްވާންގެ މައްސަލައިގައެވެ. މި ދެއް މައްސަލައިގައިވެސް ކޮމިޝަނުން ނެރުނު ރިޕޯޓަށް ގިނަ ބަޔަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މަރު ކޮމިޝަނުގެ މެމްބަރު އާދަމް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ