ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕޭން ފައްޓަވައިދެެއްވަމުން ގާސިމް ވިދާޅުވީ ފިރިހެނުން ނުދަންނަ ކިތައްމެ ގިނަ ކަންތައްތަކެއް އަންހެން ބޭކަނބަލުންނަށް އެގިވަޑައިގަންނަވާނެ ކަމަށެވެ.
"އެ މީހުންނަށް އެނގޭނެ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ފިރިހެނުން ނުދަންނަ. މުލިއްސެއް ޖަހައިގެން ރިއްސި މީހަކަށް އެނގޭނީ އޭގެ ރިހުން ހުރި މިންވަރު. ތަކްލީފެއް އުފުލާ މީހަކަށް އެނގޭނީ އެކަމެއްގެ ބޮޑުކަމާއި ކުޑަކަން." ގާސިމް ވިދާޅުވިއެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ރަސއްޔިތުންގެ މަޖިލީހުގެ އިތުރަށް ސިޔާސީ އެހެން ދާއިރާ ތަކުގައިވެސް އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް އަދި އެހެން ސިޔާސީ ދާއިރާތަކަށް އަންހެން ބޭފުޅުން ބޭނުންވާކަން އަޅުގަނޑުމެންނަށް އެނގޭ އެއްވެސް ކަހަލަ ޝައްކަކާ ނުލައި،" ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭގައި ގާނޫނު ތައް ހެދުމުގައި އަންހެނުންގެ ދައުރަކީ މުހިއްމު ދައުރެއް ކަމަށާއި އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ.
އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑުކުރަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ